ޚަބަރު

މިނިވަން 50ގެ އިހްތިފާލުތަކަށް ސިރިސޭނާ ރާއްޖެ ވަޑައިގަންނަވަނީ




މިނިވަން ދުވަހުގެ ރަސްމީ
އިހްތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ
ސިރިސޭނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ ދުންޔާ
މައުމޫން ވިދާޅުވެއްޖެއެވެ.



މީގެ އިތުރުން މިނިވަންދުވަހުގެ ރަސްމީ
އިހްތިފާލުތަކުގައި ބައިވެރިވެވަޑައި ގަތުމަށް އެކި ޤައުމްތަކުގެ މަތީފެންވަރުގެ
މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ވިދާޅުވިއެވެ.



ބުރާސްފަތި ދުވަހު ފޮރިން
މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރ ދުންޔާ މައުމޫން
ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ
ރަސްމިއްޔާތުގައި  ބައިވެރިވެވަޑައިގަންނަވާ އިސް ބޭފުޅުންގެ
ތެރޭގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭޑިންގ ކޮމިޓީގެ ވައިސް
ޗެއަރމަން، ފަލަސްތީނާއި ނޭޕާލްގެ ފޮރިން މިނިސްޓަރުން، އިންޑިއާގެ ހެލްތް އެންޑް
ފެމިލީ ވެލްފެއަރ މިނިސްޓަރ، ތުރުކީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ، ޕާކިސްތާންގެ
ސްޓޭޓް ފޮރ ފްރަންޓިއާ ރީޖަންސްގެ މިނިސްޓަރާއި، ބަންގްލަދޭޝް، ސައުދީ އަރަބިޔާ
އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ގެ އިތުރުން ޤަތަރު އަމީރުގެ ޙާއްސަ
މަންދޫބަކާއި، ސިންގަޕޫރު ސަރުކާރުގެ ފަރާތުން ފޮނުއްވާ ހާއްސަ މަންދޫބެއް ހިމެނެއެވެ.



ދުންޔާ
ވިދާޅުވީ ބޭރުގެ ޤައުމްތަކުން ފޮނުއްވާ ހާއްސަ މަންދޫބުން ވަފްދުތަކުގެ ބޭފުޅުން މިނިވަން
ދުވަހުގެ ރަސްމިއްޔާތުތަކުގައި 
ބައިވެރިވެވަޑައިގަތުމަކީ ރާއްޖެއާއި ދޭތެރޭ އެޤައުމްތަކުން ބާއްވަވާ
ޤާތްގުޅުމާއި އެޤައުމްތަކުން ރާއްޖޭއަށް ކުރާ އިހްތިރާމް ދައްކުވައިދޭ ކަމެއް
ކަމަށެވެ.