ޚަބަރު

ވަޅި އަޅާ ކަނޑަށް އެއްލާލާފައި އޮތް މީހަކަށް އިތުރު ފަރުވާއަށް މާލެގެނެސްފި


ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ވަޅި އަޅާ ކަނޑަށް އެއްލާލާފައި އޮތް އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން ވިދާޅުވީ މި މީހާގެ ހާލު ސީރިއަސްކަމަށެވެ.

ފުލުހުން ވިދާޅުވީ މި ޒުވާނާގައިގައި ވަޅި އަޅާ ކަނޑަށް އެއް؛ލާލާފައިވަނީ އޭނާ ލަނޑާ ނަގަންދާ ދޯނީގައި ހިނގި މާރާމާރިއަކަށްފަހު ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭކަމަށެވެ. އަދި މި ޒުވާނާ އަމިއްލައަށް ފަތާފައި ގޮސް އއ މާޅަހަށް އެރިކަމަށާއި އެރަށު ސިއްހީ މަރުކަޒުން އެނާއަށް ފަރުވދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެއީ މިއަދު ހެދުނުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ މީހަކަށް އއ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ރޭ ފަތިހި 3:06 އެހާކަންހާއިރު ކަމަށެވެ. އަދި މި ޒުވާނާ މިއަދު ހެދުނު މާލެ ގެނައީ އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓް ގާރޑުގެ އެހީތެރިކަމާއި އެކުކަމަށް އެމްޢެންޑީއެފުން ވިދާޅުވެއެވެ.

މި ޒުވާނާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.