ޚަބަރު

ސުޕީރިއަރ ކޯޓްތަކުން ބަލާ މައްސަލަތަކުތަކުގެ ބެންޗަށް ޖޭއެސްސީއަށް ބަހެއް ނުކިޔޭނެ


ސުޕީރިއަރ ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބައްލަވާ ބެންޗުގައި އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ބޭތިއްބުމަށް ލާފާ އެރުވުމަކީ ޖުޑިޝަލް ސާވީސް ކޮމިޝަން(ޖޭއެސްސީ) އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މަޢުލޫމާތު ދެއްވިގޮތުގައި މިއަދު އެކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ ދަށުކޯޓުތަކުން ބަލާ މައްސަލަތަކުގެ ބެންޗްގައި އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން ތިއްބެވުމަށް ޖޭއެސްސީއަށް ލަފާ އެރުވިދާނެތޯ މަޝްވަރާ ކުރައްވާފައެވެ.
ނަމަވެސް އެގޮތައް ސްޕީރިއަރ ކޯޓްތަކަށް ޖޭއެސްސީއަށް ލަފާ ދެވެން ނެތީ ސުޕީރިއަރ ކޯޓްތަކަށް ހުށައެޅޭ މައްސަލަތައް ބެލުމުގައި އެ މައްސަލައެއްގެ ޒާތަށާއި ބަވާތަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލައި އެއް ގާޒީއަށްވުރެ ގިނަ ގާޒީންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ބެލުމަށް ބެންޗެއް އެކުލަވާލުމަކީ އެކޯޓެއްގެ އިސް ގާޒީއެއްގެ މަސްއޫލިއްޔަތެއްކަމަށް ކޯޓްތަކުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާތީކަމަށް ޖޭއެސްސީން ވަނީ ނިންމަވާފައެވެ.

ދަށު ކޯޓުގެ މައްސަލަތައް ބެލުމަށް ބެންޗެއް އެކުލަވާލުމާގުޅޭ ގޮތުން ޖޭއެސްސީއަށް ލަފާ ނުދެވޭނެކަމަށް އެކޮމިޝަނުން ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އެންމެ ޤާޒީއަކު ބައްލަވާތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.