 
					
									
			ސޮނީ ޕިކްޗާރސް އިން ގެނެސްދޭ "އެންގްރީ ބާރޑު 2" ރިލީސް ކުރަން ތައްޔާރު ވެއްޖެއެވެ. 
އެނިމޭޓެޑް މި ފިލްމުގެ ފުރަތަމަ ފެނިލުން ބެލުންތެރިންނާ ހަމައަށް އަންނާނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. ނަމަވެސް ރަސްމީކޮށް ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. މި ފިލްމުން ތަފާތު ފަންނާނުންގެ ހިތްގައިމު އަޑުތަކެއް އިވިގެންދާނެއެވެ. 
އެންގްރީ ބާރޑް މޫވީގެ ސީކުވަލް "އެންގްރީ ބާރޑު 2"ގައި ދައްކުވައިދެނީ ކްލައިމެޓް ކެންޕެއިންގެ ތެރެއިން "އެންގްރީ ބާރޑު"ގެ އެނިމީސް އާ ދިމާވެގެން ހިނގާ ތަފާތު ކަންތައްތަކެވެ. "އެންގްރީ ބަރޑް މޫވީ" އަކީ މީގެ ކުރިން ބެލުންތެރިންގެ މެދުގައި، ޙާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލުވި ކާޓޫން އެކެވެ. 
ދެން އުފެދޭ ސުވާލަކީ މިފަރަރު ސޮނީ ޕިކްޗާރސް އިން ގެނެސްދޭ "އެންގްރީ ބާރޑު 2" އާންމުން ބަލައިގަންނާނީ ކިހާވަރަކަށްތޯ އުފެދޭ ސުވާލެވެ.