މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުނުކުރެވިގެން އެހީތެރިކަމަށް އެދުނު ސްރީލަންކާގެ ހަތް މަސް ބޯޓަކަށް ދިވެހި ރާއްޖޭގެއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ދިގުމުއްދަތަކަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓުތަކަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނީ އެބޯޑުތައް ދަތުރުކުރަމުންދިޔަ ސަރަހައްދުގެ މޫސުން ގޯސްވެ، ކަނޑުގަދަވެ ބޯޓުތަކާއި، މީހުންނަށް ގެއްލުންވެދާނެކަމުގެ ބިރުއޮތުމުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.
މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ހާލުގައި ޖެހުނު ލަންކާގެ ބޯޓުތަކަކީ، ޤަވާއިދާ އެއްގޮތަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ކަމަށާއި، އެފަރާތްތަކުގެ އެދުމުގެ މަތިން ބައިނަލްއަޤްވާމީ އެހީތެރިކަން އެބޯޓުތަކަށް ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން ދިން އެހީތެރިކަމަކީ މޫސުން ރަނަގަޅުވެ ދަތުރުކުރެވޭ ވަރު ވަންދެން ރާއްޖޭގެ ސަރަހައްދެއްގައި މަޑުކުރުމުގެ ޙުއްދަކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެބޯޓުތައް މިހާރު ތިބީ އިހަވަންދިއްޕޮޅުގެ ސަރަހައްދެއްގެ ނިވަލުގައިކަމަށާއި، އެބޯޓުތަށް ރާއްޖޭގެ އެއްވެސް ރަށެއްގެ ބަނދަރަށް ނުވަންނާނެކަމަށެވެ.
ލަންކާގެ މަސްބޯޓުތަކަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ގެއްލުނު ސްރީލަންކާގެ މަސްބޯޓެއް ހޯދުމަށް ދިވެހި ކޯސްޓްގާޑުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައެވެ. އަދި މިއީ ދެޤައުމެއްގެ ބަދަހި ގުޅުން މުޅި ދުނިޔެއަށް ހާމަކޮށްދިން ފުރިހަމަ މިސާލެއް ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަރުކާރުން ވަނާ ހާމާކުރައްވާފައެވެ. މީގެއިތުރުންވެސް ޤާވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ ލަންކާގެ ބައެއް ބޯޓުތައް ރާއްޖޭގެ ކޯސްޓްގާޑުން އަތުލައިގަނެ އެކަންކަން ހުއްޓުވާފައިވެއެވެ.