 
					
									
			ވޯލްޓް ޑިޒްނީގެ ލަޔަން ކިންގ ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. 
މި މަަހުގެ 17 ގައި މި ފިލްމް ފުރަތަމަ ރިލީޒްކުރާނީ ނޯވޭގައެވެ.   ރަސްމީކޮށް މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖުލައި 19 ވަނަ ދުވަހުއެވެ.
މިފިލްމު ނެރޭ ހިސާބުން ފެށިގެން ބޮކްސް އޮފީހުގައި މި ވަގުތު ރަސްކަންކުރާ  ފިލްމުތައް ފަހަތަށް ޖައްސާލާ މިފިލްމު ބޮކްސް އޮފީހުގެ ކުރިން ޖާގަ ހޯދާނެކަމަށް ބައެއް ރިޕޯޓްތައް މިހާރުވެސް ވަނީ ބުނަން ފަށާފައެވެ.
ރަސްމީކޮށް ފިލްމު ރިލީޒް ކުރާ ހިސާބަށް ދާއިރު އެކަނިވެސް ގާތްގަޑަކަށް 150 މިލިއަން ޑޮލަރު ފިލްމަށް ލިބޭނެކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޖޯން ފެވްރޫ ޑައިރެކްޓް ކޮށްފައިވާ މިފިލް ފެނިގެންދާނީ 3ޑީ ކޮލެޓީގައި ކަމަށްވެސް ވޯލްޓް ޑިޒްނީ އިންބުނެއެވެ
މިފިލްމުގެ ކާސްޓުންނަށް ބަލާލާއިރު ސެތް ރޯގެން ، ބިޔޯންސޭ  ،ޑޮލާންޑް ގުލޯވާ ، ބިލީ އައިކްނާރު ފަދަ މަޝްޙޫރު އެތައް ފަންނާނުންގެ ހިތްގައިމު އަޑުތަކެއް އިވިގެންދާނެއެވެ.
1994 ވަނަ އަހަރު ވޯލްޓް ޑިޒްނީ ނެރުނު ކާމިޔާބު ފިލްމް  ފިލްމް ލަޔަން ކިންގެ ވާހަކަށް އުފައްދާ ކޮމްޕިއުޓަރ އެނިމޭޓަޑް މިއުޒިކަލް ޑްރާމާ ލަޔަން ކިންގް އުފައްދާފައިވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. 
		
			ރަސްމީކޮށް ފިލްމު ރިލީޒް ކުރާ ހިސާބަށް ދާއިރު އެކަނިވެސް ގާތްގަޑަކަށް 150 މިލިއަން ޑޮލަރު ފިލްމަށް ލިބޭނެކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޖޯން ފެވްރޫ ޑައިރެކްޓް ކޮށްފައިވާ މިފިލް ފެނިގެންދާނީ 3ޑީ ކޮލެޓީގައި ކަމަށްވެސް ވޯލްޓް ޑިޒްނީ އިންބުނެއެވެ
މިފިލްމުގެ ކާސްޓުންނަށް ބަލާލާއިރު ސެތް ރޯގެން ، ބިޔޯންސޭ  ،ޑޮލާންޑް ގުލޯވާ ، ބިލީ އައިކްނާރު ފަދަ މަޝްޙޫރު އެތައް ފަންނާނުންގެ ހިތްގައިމު އަޑުތަކެއް އިވިގެންދާނެއެވެ.
1994 ވަނަ އަހަރު ވޯލްޓް ޑިޒްނީ ނެރުނު ކާމިޔާބު ފިލްމް  ފިލްމް ލަޔަން ކިންގ ގެ ވާހަކައަށް އުފައްދާ ކޮމްޕިއުޓަރ އެނިމޭޓަޑް މިއުޒިކަލް ޑްރާމާ ލަޔަން ކިންގ އުފައްދާފައިވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.