 
					
									
			ޖުމަންޖީގެ އާ ފިލްމް "ޖުމަންޖީ ދަ ނެކްސްޓް ލެވެލް" ގެ ޓްރައިލަރ ދައްކާލައިފިއެވެ. އާ ފިލްމްގެ ޓްރެއިލަރ އިންވެސް ފެނިގެންދަނީ 2017 ވަނަ އަހަރު ނުކުތް މި ސިރީޒްގެ "ޖުމަންޖީ ވެލްކަމް ޓު ދަ ޖަންގަލް"ގެ ކާސްޓްއެވެ. 
ފުރަތަމަ ޓްރެއިލަރ އާއި އެކު ފިލްމަށް ކުރާ އިންތިޒާރުވަނީ ބޮޑުވެފައެވެ. ފިލްމެގެ ޓްރެއިލަރ އިން ފެންނަނީ 2017ގެ ފިލްމުގައިވެސް އުޅުނު ގްރޫޕް ޖުމަންޖީ ގޭމްގެ އެހެން ލެވަލެއްގައި އުޅޭ ތަނެވެ. ފިލްމްގެ ތަރިން ކުރިމަތިލާ ޗެލެންޖުތަކާއި އެކު ދިމާވާ ހެއްވާ ކަންކަން ދަައްކާލާ ތިން މިނެޓްގެ ޓްރެއިލަރއިންވެސް ފިލްމް ވަރަށް މަޖާވާނެކަމަށް ބެލެވެއެވެ.
ޓްރެއިލަރ ފައްޓަނީވެސް ސްޕެންސަރ ޖުމަންޖީ ގޭމް ރަގަޅުކޮށް އަލުން އަނބުރާ ގޭމަށް ވަންނަން އުޅޭ މަންޒަރުންނެވެ. އެހެންނަމަވެސް އެކަން ނުވެ އަނެއްކާްވެސް ކުރީގެ ބައިވެރިންނާއި އެކު ޖުމަންޖީ ގެ ތެރެއަށް ދާންޖެހެއެވެ. ޢަދި  ދުނިޔޭގެ އެންމެ ނުރައްކާތެރި ގޭމުން ސަލާމަތްވުމަށް ހަނަފަސް ސަހަރާތަކާއި ސުނޯ ފަރުބަދަތައް މަތީ ދިމާވާ ކަންތައް ފެނިގެން ދެއެވެ. 
		
			މި ފިލްމުމްވެސް ފެނިގެން ދަނީ ޖުމަންޖީ ވެލްކަމް ޓު ދަ ޖަންގަލްގެ ކާސްޓުން ކަަމަށްވާ ޑުވޭން ޖޯންސަން ، ކެވިން ހާޓް، ޖެކް ބްލެކް، ނިކް ޖޯނަސް ހިމެނެއެވެ.
1995 ވަނަ އަހަރު ނުކުތް ޖުމަންޖީގެ ފުރަތަމަ ފިލްމްގެ ލީޑް ރޯލުން ފެނިގެންދިޔައީ ރޮބިން ވިލިއަމްސްއެވެ. އޭގެ ސީކުއެލް ޖުމަންޖީ ވެލްކަމް ޓުދަ ޖަންގަލް ވަނީ ބޮކްސް އޮފީހުގައި 962 މިލިއަން ޑޮލަރ ހޯދާފައެވެ. 
ޖުމަންޖީ ދަ ނެކްސްޓް ލެވެލް ސިނަމާތަކަށް އަންނާނި އަންނަ ޑިސެމްބަރމަހުގެ 13 ވަނަ ދުވަހުއެވެ.