އެމްޓީސީސީގެ ބަސް ޑްރައިވަރުން މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްޓީސީސީއާއި ފުލުހުން ގުޅިގެން 3 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެއްޤަމު ދަތުރުފަތުރުގެ ޤާނޫނަށާއި ޤަވާއިދުތަކަށާއި މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މުހިންމު މަޢުލޫމާތުތަކެއް ބަސް ޑްރައިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މި ޕްރޮގްރާމުގައި އެމްޓީސީސީގެ 60 ޑްރައިވަރުން ބައިވެރިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
އެމްޓީސީސީއާއި ފުލުހުން ގުޅިގެން މިފަދަ ޕްރޮގްރާމެއް ފަށާފައި މިވަނީ އެމްޓީސީސީގެ ބަހެއް ދުއްވަން އިން ޑްރައިވަރަކަށް ނިދިޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުން ޖެހި މީހަކު މަރުވެފައިވަނިކޮށެވެ. އަދި މީގެ އިތުރުންވެސް މިދިޔަ ހަފްތާގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓުވެސް ވެފައިވެއެވެ.