ޚަބަރު

ގައުމީ 8ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒް ހޯދައިފި


ގައުމީ 8ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.
ފަޔާޒް މުބާރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު ހުސައިން ޝާޒް މުޙައްމަދު ބަލިކޮށްގެން. ރޭސްޓު ނައިން އަށް ކުޅުނު މިމެޗް ފަޔާޒް ކާމިޔާބުކުރީ 9 ފްރޭމް އެއް ފްރޭމުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފަޔާޒް ބުނީ، މުބާރާތަށް ނިކުތީ ތައްޔާރުވާންވީ އެންމެ ރަނގަޅަށް ތައްޔާރު ނުވެވި ކަމަށާއި، ނަމަވެސް މި ކާމިޔާބީގެ ސިއްރަކީ އަމިއްލަ ނަފްސައް އިތުބާރު ކޮށްގެން، ހިތްވަރާއެކު ކުރި މަސައްކަތް ކަމަށެވެ.
ފަޔާޒް ބުނީ ފައިނަލް މެޗަށް ނިކުތްއިރުވެސް މޮޅުވާނެކަމުގެ އުއްމީދު ބޮޑުކަމަށާއި، ބޮޑު ތަފާތަކުން މޮޅުވެވުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ފައިނަލް މެޗަށްފަހު ބޭއްވި މިމުބާރާތުގެ އަންހެން ބައިގެ ވަނަވަނައަށް އައި ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައިއެވެ. އަދި އޭޕީބީޔޫ ސީ އަދި ބީ ލައިސަންސް ހާސިލްކުރި ކޯޗުންނަށާއި ރެފްރީންނަށްވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައިއެވެ.