ޚަބަރު

ސޯޅަ އަހަރުން ދަށުގެ އިންޓަ ސްކޫލް ކްރިކެޓް މުބާރާތް ތާޖުއްދީން ސްކޫލުން ކާމިޔާބުކޮށްފި



ހަތްވަނަ އިންޓަ ސްކޫލް ސޯޅަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދައިފިއެވެ.

ތާޖުއްދީން ސްކޫލުން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި މުޙިއްޔިދިން ސްކޫލް ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ތާޖުއްދީން ސްކޫލުން ނިންމީ ކުޅޭށެވެ. އެގޮތުން އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 163 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 68 ލަނދުހެދި ޝިއުޒް ފަރީދެވެ.

ޖަވާބުގައި ކުޅެން އަރާ މުޙިއްޔިދިން ސްކޫލުން ފުރަތަމަ ދެއޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ވަނީ ނުބައިވެފައެވެ. އެޓީމަށް ވިހިއޯވަރުގެ ތެރޭގައި ހެދުނީ 102ލަނޑެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަދި މުބާރާތުގެ އެންނެ މޮޅު ބޭޓްސްމެން އަކަށްވެސް ހޮވުނީ ޝިއުޒް ފަރީފެވެ. އެންމެ މޮޅު އުކުންތެރިއަކަށް މުޙައްމަދު ނަވީލް ހޮވުނުއިރު، އެންމެ މޮޅު ފީލްޑް ޕްލެއަރަކަށް ހޮވުނީ އިބްރާހިމް އަމީނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ތާޖުއްދީން ސްކޫލު ޝިއުޒް ފަރީފެވެ.