ރޭ ދަންވަރު ޅ.ކުރެންދޫއަށް އެރި ނަގޫރޯޅިއެއްގައި އެރަށުގެ ބައެއް ތަންތަނަށް ގެއްލުންތަކެއް ވެއްޖެއެވެ. 
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށުގެ ކައުންސިލް އިދާރާއިން ބުނީ ކައުންސިލް އިދާރައިގެ ފުރާޅާއި ޖެހިގެން ހުރި ހަރުގެތައް ބިމާ ހަމަވެފައިވާކަމަށެވެ. ކައުންސިލުން ބުނީ އެންޓަނާ ފުރާޅު މައްޗަށް ވެއްޓުނު ނަމަވެސް ކައުންސިލް އިދާރާގެ އެތެރޭގެ ހުރި ތަކެއްޗައް ގެއްލުމެއް ލިބިފައެއް ނުވާކަމަށެވެ. 
ކުރެންދޫ ކައުންސިލުން ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 2:00 ހާއިރުކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް އަދި ކައުންސިލް އިދާރާގެ އެތެރެއަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.