މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި މޮޅު ކުޅުމެއް ދެއްކި ނާއިޒް ހަސަން (ދާދު) އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ. 
2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޓީސީ ސްޕޯޓްސް ކްލަބުން މާޒިޔާއަށް ބަދަލުވި ނާއިޒް މާޒިޔާ އާއެކު ހަދާފައި ކޮންޓްރެކްޓް އާކުރުމާއެކު 2021 ގެ ސީޒަންގެ ނިޔަލަށް އޭނާ މާޒިޔާގައި ހުންނާނެއެވެ. ޓީސީން 2014 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ކާމިޔާބުކުރިއިރު ނާއިޒު ހަސަން އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ. 
އަދި އޭނާ މިހާރު އަންނަނީ ޤައުމީ ޓީމުގެ ފުރަތަމަ އެގާރައިން ބާރާބަރަށް ޖާގަ ހޯދަމުންނެވެ. 
 މިދިޔަ އަހަރު ރާއްޖެއިން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގައި ނާއިޒު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް އެންމެ ގިނަ ކުޅުންތެރިން  ސޮއިކޮށްފައިވަނީ މިހާތަނަށް މާޒިޔާއިންނެވެ. އެއީ ނިއުގެ ހަމްޒާ މުހައްމަދު އާއި އެޓީމްގެ އަހުމަދު އަބްދުﷲ އަދި ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް ކުޅުނު ހުސެއިން ނިހާނެވެ. 
އަދި އެ ކްލަބުގައި ތިބި ގިނަ ކުޅުންތެރިން މިހާރު އަންނަނީ މާޒިޔާ އާއެކު ހަދާފައި ކޮންޓްރެކްޓް އާކުރަމުންނެވެ.