ޚަބަރު

އިނގިރޭސި ބޮޑުވަޒީރު މަޤާމުން ދުރުކުރަން މަސައްކަތްކުރައްވާކަމަށް ދެކެވޭ ވާހަކަތައް


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުގައި ހިމެނޭ އިސް ވަޒީރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމަނާ މަޤާމުން ދުރުކުރެއްވުމަށް ކަމަށް އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގައި ހިމެނޭ އިސް ވަޒީރުންގެ ތެރެއިން އެގާރަ ވަޒީތަކު ވަނީ، އެކަމަނާ ބޮޑުވަޒީރު ކަމުގެ މަޤާމުން ވަކިކުރުމާ ބެހޭ މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވާކަން ކަށަވަރުކޮށްދެއްވާފައިކަމަށް، ސަންޑޭ ޓައިމްސްއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެ ވަޒީރުންގެ ނަން އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

އެފަރާތްތަކުން ވިދާޅުވެފައިވަނީ މޭ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވަން ޖެހޭކަމަށް ނުވަތަ އޭނާ އެ މަޤާމުން ދުރުކުރައްވަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މޭއަކީ މިހާރު އިނގިރޭސިވިލާތަށް ހުރި ނުރައްކަލެއް ކަމަށާއި، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމުގައި ކުރަމުންދާ މަސައްކަތްތަކުގައި މޭގެ ނިންމުންތަކަކީ އެންމެ ހަރުދަނާ ނިންމުންތައް ނޫންކަމަށެވެ. ސަންޑޭ ޓައިމްސްއާ ވާހަކަދެއްކެވި އެއް ވަޒީރަކު ވިދާޅުވީ، ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި މޭ ބޮޑު ވަޒީރު ކަމުގެ މަޤާމުން ވަކިވަޑައިގަންނަވާނެ ކަމަށެވެ.

މޭގެ ބަދަލުގައި ބޮޑު ވަޒީރު ކަމާ ހަވާލުވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މިހާރުގެ ތިމާވެއްޓާ ބެހޭ ވަޒީރު މައިކަލް ގޯވް ނުވަތަ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓްކަމަށް ސަންޑޭ ޓައިމްސްއިން ވަނީ ލަފާކޮށްފައެވެ.