ސްޓެލްކޯގެ ޓެކްނިކަލް ނޫން ދާއިރާގައި މަސައްކަތްކުރާ މީހުންގެ %66 އަކީ އަންހެނުންކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުންވެސް އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މިދުވަހާގުޅިގެން ސްޓެލްކޯއިންވެސްވަނީ ބަޔާނެއް ނެރެފައެވެ. ސްޓެލްކޯގެ ބަޔާނުގައިވަނީ ސްޓެލްކޯގެ ޓެކްނިކަލް ނޫން ދާއިރާގައި މަސައްކަތްކުރާ މީހުންގެ %66 އަކީ އަންހެނުންކަމަށެވެ.
އަދި ކުރިއަށްއޮތް ތަނުގައި ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ %50އަކީ އަންހެނުންނަށް ހެދުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ. އެގޮތުން އެކުންފުނީގެ ޓެކްނިކަލް މަޤާމުތަކަށް އައުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤައުމު މިއަދު ދެކެމުންދާ ތަރައްޤީގެ ފަހަތުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކޮށްފައެވެ.