ޚަބަރު

ކުޅިވަރާބެހޭ ވުޒާރާއިން އެސޯސިއޭޝަންތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި


ކުޅިވަރު އެސޯސިއޭޝަންތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން އެސޯސިއޭޝަންތައް އޮޑިޓްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ފައްޓަވައިފިއެވެ.

ޔޫތް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މި އޮޑިޓަކީ، ވަގުތީ ގޮތުން ޔޫތް މިނިސްޓްރީ ބެލެހެއްޓުމާއި ހަވާލުވެ ހުންނެވި، މިނިސްޓަރ ޢަލީ ވަޙީދު، ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތަކާއިއެކު ބޭއްވި ބައްދަލުވުމުގެ އަލީގައި، އެސޯސިއޭޝަންތަކުގެ ހާލަތު ދެނެގަތުމަށް ކުރާ އޮޑިޓެކެވެ.

އަދި މި އޮޑިޓުން އެއްކުރެވޭ މަޢުލޫމާތު ތަކަށް ބިނާކޮށް، އެސޯސިއޭޝަންތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރަން މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި، މުސްތަގުބަލުގައި ކުރެވެންހުރި ކަންތައްތައް ކަނޑައަޅައި، މިކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

މިނިސްޓްރީން މިހާރުވެސް އަންނަނީ ކުޅިވަރު އެސޯސިޢޭޝަންތަކާއި ބައްދަލުކޮށް، އެސޯސިއޭޝަންތަކުގެ މަސައްކަތްތަށް ކުރުމުގައި ހުރި ދަތިތަކާއިމެދު މަޝްވަރާކުރަމުންނެވެ.