މާމެންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު މަރުވެއްޖެއެވެ.
މާމެންދޫ ބަނދަރު ސަރަހައްދުގައި ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި، މަރުވެފައިވަނީ ސީރިއަސް އަނިޔާތަކެއްވި، އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މީހާއާއެކު ސައިކަލް ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެނަކަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މީހާއަށް މިހާރު ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުވި ދެވަނަ ސައިކަލްގައި ތިބި މީހުންނަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.