ދެ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްޓެއްގައި އެކަކުގެ ހާލު ސީރިއަސްވެ 5 މީހަކަށް ފަރުވާދެމުން އެބަދެއެވެ.
ގދ.ހައުޑިގަލާ ކައިރިން ހިނގި މި އެކްސިޑެންޓު ވެފައިވަނީ އަމާރީ ރިސޯޓުގެ ސްޓާފް ފެރީ އަކާއި މަސް ދޯންޏެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ސީރިއަށް އަނިޔާތަކެއް ލިބުނު މީހާއަށް ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.
މި ހާދިސާގައި އިތުރު 4 މީހަކަށްވެސް އެކިވަރުގެ އަނިޔާވެފައިވާކަމަށާ އެ މީހުންނަށްވެސް ޑރ.ޢަބްދުއްސައްތާރު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެކްސިޑެންޓްވި ފެރީގެ ކެޕްޓަނަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 11:15 ހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އެކްސިޑެންޓުވި ދެ ދޯންޏަށްވެސް އެކިވަރުގެ ގެއްލުންވެފައިވެއެވެ.