ސުނާމީ ކާރިޘާގެ ނާމާންކަމާއި ބިރުވެރިކަމާއެކުވެސް ދިވެހިން ދެއްކި އެއްބައިވަންތަކަމަށް ދިވެހިން އަބަދުވެސް ފަޚްރުވެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންމުދާ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ވަނީ އެދުވަހުގެ ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންނަށް ހެޔޮ ރަހުމަތްލެއްވުންއެދި ދުޢާކުރައްވާ، ދިވެހިންނަކީ އަބަދުވެސް އެއްބައެއްގެ ގޮތުގައި ލެއްވުންއެދި ދުޢާ ދަންނަވާފައެވެ.