ޚަބަރު

ޖަލުތައް އޮޑިޓުކުރުމަށް ކޮމިޝަނެއް އުފައްދަވައިފި


ރާއްޖޭގެ ޖަލުތައް އޮޑިޓުކުރުމަށް ހަތް މެމްބަރުންގެމައްޗަށް އެކުލެވޭ ކޮމިޝަނެއް އުފައްދައިފިއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޖަލުތަކުގެ އޮޑިޓެއް ހަދަނީ ޖަލުތަކުގެ ހާލަތު ބަލައި އެތަންތަނުގައި އިސްލާޙު ކުރަންޖެހިފައިވާ ކަންކަން ދެނެގަތުމަށްކަމަށެވެ.

އަދި މި ކޮމިޝަން މެދުވެރިކުރައްވައި އެކުލަވާލާ ރިޕޯޓާއެކު ޖަލުތަކުގެ ޤައިދީންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ޖަލުތައް އޮޑިޓުކުރުމަށް އެކުލަވާލި ކޮމިޝަނުގައި ހިމެނިވަޑައިގަންނވަނީ ، ޑރ. އަބްދުﷲ ހިސްނީން ހިލްމީ، ތެވެލި، ސ. ހިތަދޫ، ޝައިޚް އަހުމަދު ޢަބްދުލްކަރީމް، ހުޅުމާލެ ފްލެޓު 07-03-23، ޝަހިންދާ އިސްމާޢީލް، މ. ބޯގަންވިލާ، މާލެ، ޒުލައިޚާ ދާވޫދު، ގ.މާލެހިޔާ 2، މާލެ، އަޙްމަދު މުޙައްމަދުފުޅު، ރިހިތަމާގެ، ރ.ކަނދޮޅުދޫ، ޝާދިޔާ އާދަމް، ސާތި، އދ. ދަނގެތި، އާމިނަތު ނަހީނާ އަހުމަދު، މާބުރާގެ، ޏ.ފުވައްމުލައް އެވެ.