ޚަބަރު

ޖޭ.އެސް.ސީއަށް ފާރިސް މައުމޫން އައްޔަންކުރަން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަނުކުރާ މެމްބަރެއްގެ ގޮތުގައި ދިއްގަރު ދާއިރާގެ މެމްބަރު ފަރިސް މައުމޫން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭ.އެސް.ސީއަށް ފާރިސް މައުމޫން އައްޔަންކުރަން ފާސްވީ، ރައްޔިތުންގެ މަޖިލީހުގެ 67 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ޖޭއެސްސީއަށް ފާރިސްގެ އައްޔަންކުރަން މަޖިލީހަށް ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. ރިޔާޒުގެ ހުށަހެޅުމަށް ތާޢީދުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ޖޭ.އެސް.ސީއަށް ފާރިސް މައުމޫން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައި ހުރި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެމަޤާމުން ވަކިކުރުމަށް މަޖިލީހުން އިއްޔެ ފާސްކުރުމުންނެވެ.