ޚަބަރު

މެޕްސް ކޮލެޖް ބްރޭންޑް އެމްބެސަޑަރުން އައްޔަންކޮށްފި


މެޕްސްކޮލެޖުގެ ބްރޭންޑް އެމްބެސެޑަރުކަމަށް އެކޮލެޖްގެ 4 ދަރިވަރަކު އައްޔަނުކޮށްފިއެވެ.

މެޕްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މެޕްސްކޮލެޖުގެ ބްރޭންޑް އެމްބެސެޑަރުކަމަށް އެކޮލެޖްގެ 4 ދަރިވަރަކު އައްޔަނުކޮށް، އެމްބެސެޑަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މެޕްސް ކޮލެޖު ހިންގާ ފާލިމް ގުރޫޕްގެ ސީއީއޯ މުހަންމަދު އަލީއެވެ.

ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި 4 ކުއްޖަކު އައްޔަނުކޮށްފައި ވަނީ މެޕްސް އިންޓަރނޭޝަނަލް ހައި އަދި މެޕްސް ކޮލެޖްގެ ދަރިވަރުންގެ ތެރެއިން އެކަމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިންނެވެ. މިގޮތުން ބްރޭންޑް އެމްބެސެޑަރުކަމަށް އައްޔަނުކޮށްފައިވަނީ އައިޝަތު ގާހިރު، މާދިހް މުހަންމަދު، ލިރާރް ހުސައިން މުހަންމަދު އަދި އީމާން އިބްރާހިމްއެވެ. ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހޮވުނު ކުދިންނަށް ފުލް ސްކޮލަޝިޕަކާއެކު މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

މެޕްސްކޮލެޖުން ބުނީ މެޕްސްކޮލެޖްގެ އިތުރު ހަރަކާތްތަކާއި ކޮލެޖް ގެ ހުރިހާ ކަމެއްގައިވެސް މި ހަތަރު އެމްބަސަޑަރުން ތަމްސީލް ކުރަމުންދާނެކަމަށެވެ.

މެޕްސް ކޮލެޖަކީ ތަފާތު ދާއިރާ ތަކުން އެކި ފެންވަރުގެ ކޯސްތައް އަދި އޭލެވެލްއަށްވެސް ކިޔަވައިދެމުންދާ ތަނެކެވެ.