ކާނާ

ރެސިޕީ: ރަޝިއަން ޓީ ކޭކްސް


ފަސޭހަކަމާއެކު މީރު އެއްޗެއް ސައިބޯން ތައްޔާރުކޮށްލަން ބޭނުންނަމަ މިއީ ވަރަށް ރަގަނޅު އެއްޗަކަށްވާނެކަން ޔަގީނެވެ.

ބޭނުންވާނެ ތަކެތި :

1 ޖޯޑު ބަޓަރ
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
6 މޭޒުމަތީ ސަމުސާ ކޮންފެކްޝަނަރ ޝުގަރ (މުގުރާ ހިމުންކޮށްފައިވާ ހަކުރު)
2 ޖޯޑު ފުށް
1 ޖޯޑު ވޯލްނަޓް (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު ކޮންފެކްޝަނަރ ޝުގަރ

ތައްޔާރުކުރާނެ ތަކެތި :

ފުރަތަމަ އަވަން 175 ލާފައި ހޫނުކުރަން ޖައްސާށެވެ.
ބޯތައްޓެއްގައި ބަޓަރު، ވެނީލާ އެސެންސް ރަގަނޅަށް އެއްކޮށްލާށެވެ. ދެން މީގެތެރެއަށް 6 ސަމުސާ ކޮންފެކްޝަނަރ ޝުގާ، ފުށް އަޅާ މިކްސްކޮށްލާށެވެ. ހުރިހާ އެއްޗެއް އެކުގައި އެއްވުމުން ވޯލްނަޓްވެސް މީގެތެރެއަށް އެއްކޮށްލާށެވެ. އަދި އެއްކޮށްފައިވާ ފުށްގަނޑުން ކުދި ގުޅަތަކެއް ވަށާލާށެވެ. އަދި ބޭކިން ޓްރޭއެއްގެ މައްޗަށް ކުކިން ޝީޓެއްއަޅާފައި ގުޅަތައް އަތުރާލުމަށްފަހު އަވަނަށްލައި 12 މިނެޓު ފިހެލާށެވެ. ފިހެނިމުމުން ޓްރޭ އަވަނުން ނަގައި، ގުޅަތައް ހިހޫކުރަން ބަހައްޓާފައި، ކުޑަކޮށް ހިހޫވުމުން ގުޅަތައް ބާކީހުރި ކޮންފެކްޝަނަރ ޝުގަރގެ ތެރެއަށް ގުޅަތައްލައި ހަކުރު ވަށާލާށެވެ.