ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ ގަމަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިހާރު ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ވެރިރަށް ގަމަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނު ލ.ގަން ތުނޑީ އަވަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. އަދި ލާމު ލިންކް ރޯޑް ވެސް ހުޅުއްވައިދެއްވާނެއެވެ.