ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލ.އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ކައްދޫއަށް ވަޑައިގެންނެވުމުން، ކައްދޫގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް ކައްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއަރޕޯޓް ސަރަޙައްދަށް ނުކުމެފައެވެ. ރައީސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޖަމާވި ރައްޔިތުންނާ ސަލާންކުރެއްވުމަށް ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ހިތަދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، ލ. މާބައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ލ.ހިތަދޫ އާއި މާބައިދޫގެ އިތުރުން ލ.ގަން ތުނޑީ އަވަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. އަދި ލ.މާމެންދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމާއި ލ.ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަސްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ޔާމީން، ހައްދުންމަތީގެ ބޮޑުމަގު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައްވެސް އޮޅުންފިލުއްވުމަށް ވަނީ ހަމަޖެހިފައެވެ.