ކާނާ

ރެސިޕީ : ސްޓަފްޑް ޗިކަން ތައިސް ވިތް ރޯސްޓަޑް ޕޮޓޭޓޯޒް އެންޑް ކެރޮޓްސް


ބުރަކޮށް އުޅޭއިރު ވަކިވަކި ތެއްޔަށް އަޅައިގެން ގިނަވަގުތު ހޭދަކޮށް ތަކެތި ތައްޔާރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މިއޮތީ މިކަމަށް އޮތް ހައްލެކެވެ. މިއީ އެއްފަހަރާ ކެއުމަށް ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރުކޮށްލެވެނެ ފަސޭހަ އަދި އެހާ މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

ކުކިން ސްޕްރޭ
6 ކުކުޅު ފައި (ތޮށިނޮޅައި، ކަށި ނަގާފައި)
ލޮނު، އަސޭމިރުސް
1 ބިސް
¾ މޮޓްޒަރެއްލާ ޗީޒް
1 ފިޔާ (ކުނިކޮށް ކޮށާފައި)
1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
10 ބްލެކް އޮލިވްސް (އޮއްނަގާ، ކުދިކޮށް ކޮށާފައި)
½ ޖޯޑު ފާރޮށި ކުނޑި
6 ޓޫތް ޕިކް
450ގ އަލުވި (ތޮށި މަށާ، ކުދިކޮށް ކޮށާފައި)
1 ކެރެޓު (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 175 ލާފައި ހޫނުކުރަން ޖައްސާށެވެ. އެއަށްފަހު އަވަނަށްލާ ޓްރޭގައި ފޮއިލްއަޅާފައި، އޭގެ މައްޗަށް ކުކިން ސްޕްރޭ ޖަހާލާށެވެ.
މޭޒުމަތި ނުވަތަ ކަޓިން ބޯޑު މަތީގައި ކަށިނަގާފައި ހުރި ކުކުޅު ފައިތައް ބަހައްޓާލާފައި، ފައިތަކުގައި އެއްޗަކުން ތަޅައި ކުޑަކޮށް މަޑުކޮށްލާށެވެ.
ފިލިން ތައްޔާރުކުރުމަށްޓަކާ ބޯތައްޓެއްގައި ބިސް އަޅައި ގިރާލާށެވެ. އަދި އޭގެތެރެއަށް ½ ޖޯޑު މޮޓްޒަރެއްލާ، ފިޔާ، ޓޮމާޓޯ، އޮލިވް އަޅާ އެއްކޮށްލައި، ހުރިހާއެއްޗެއް އެއްވުމުން އޭގެތެރެއަށް ފާރޮށި ކުނޑިއަޅާލައި މިކްސްކުރާނީއެވެ.
ދެން ކުކުޅު ފައިތަކުގެ ކަށިނެގުމުން ހުސްކޮށް ހުރި ތަނުގެ ތެރެއަށް ކުރިން ތައްޔާރުކުރި ފާރޮށި ފިލިން އަޅާލައި އެއްޗެތި އެޅިކޮޅު ޓޫތް ޕިކްއަކުން ބަންދުކޮށްލާށެވެ. މިގޮތަށް ހުރިހާ ކުކުޅު ފައެއްގެ ތެރެއަށް ފިލިން އެޅުމަށްފަހު ކުރިން ފޮއިލް އެޅި ޓްރޭގައި ފައިތައް އަތުރާލާށެވެ. އަދި ބާކީހުރި މޮޓްޒަރެއްލާ ޗީޒްތައް ކުކުޅުފައިތަކުގެ މައްޗަށް އަޅާލައި، ޓްރޭގެ ބާކީހުރި ބައިގައި އަލުވި އަދި ކެރެޓުތައް އަޅާ ފަތުރާލުމަށްފަހު، މީގެ މައްޗަށް ޒައިތޫނި، ލޮނު އަދި އަސޭމިރުސް އަޅާލާށެވެ. ދެން މިޓްރޭ އަވަނަށްލާ ހުރިހާ އެއްޗެއް 40 މިނެޓު ފިހެލާށެވެ. އޭރުން ހުންނާނީ ފަސޭހަކަމާއެކު މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަށް މީރު އެއްޗެއް ތައްޔާރުކޮށް ނިމިފައެވެ.