އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހުޅުވާލި މުއްދަތަކީ އޮގަސްޓް 4 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް މިއަދު މިމުއްދަތު އިތުރުކޮށް އެކޮމިޝަނުން ކުރި އިޢުލާނުގައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އޮގަސްޓް 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
އިންތިޚާބަށް ކުރިމަތިލާ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.