ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމީހަކު ފިހިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފުން ބުނީ މިޙާދިސާ ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ މިރޭ ނުވަގަޑި ފަހެއް އެހާކަށްހާއިރުކަމަށެވެ.
ބޯޓުގައި އަލިފާން ރޯވީ ބޯޓުގެ ޖެނެރޭޓަރުގައި ކަމަށެވެ.
އަދި އަލިފާންގަނޑު ނިއްވާލާފައިވަނީ ،ބޯޓުގެ ފަޅުވެރިންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިޙާދިސާގައި ފިހުނު މީހާއަށް މިހާރުދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.