 
										
			ލީގްގެ ގަދަ 6ކަށް އެރުމަށް ކުލަބް ވެލެންސިޔާއިން ކުރަމުންދިޔަ މަސައްކަތަކަށް ކުލަބް ގްރީން ސްޓްރީޓްސް ހުރަސް އަޅައިފިއެވެ. 
އެސްޓީއޯ މާލޭ ލީގްގެ ފުރަތަމަ ބުރުގައި ދެ ޓީމްވެސް ކުޅުނު އެންމެ ފަހު މެޗް ކުލަބް ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުންނެވެ. 
މެޗުގައި ގްރީންގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާދަމް އިމްރާން، ސަމްދޫޙު މުހައްމަދު، އިބްރާހިމް ރިޒްވާން އަދި ރޮލާންޑް ރަސެލްއެވެ. ގްރީންގެ ބިދޭސީ ފޯވާޑް ރަސެލްވަނީ މެޗްގައި ދެ ލަނޑު ޖަހާފައެވެ. 
މިބައްޔާއެކު އެސްޓީއޯ މާލޭ ލީގްގެ ފުރަތަމަ ބުރަށްފަހު އެއް ޕޮއިންޓްއާއެކު ކުލަބް ވެލެންސިޔާ ތާވަލްގެ އެންމެ ފުލުގައި އޮތްއިރު، ތާވަލްގެ ހަވަނައަށް ގްރީންސް ސްޓްރީޓްވަނީ ޖެހިލާފައެވެ. އެއީ ހަތް މެޗުން 8 ޕޮއިންޓް ލިބިގެންނެވެ.