ޚަބަރު

މިފަހަރު ހައްޖަށް ގެންދާ ފަރާތްތަކަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ކުރަނީ


 


 


ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިފަހަރު ހައްޖަށް ގެންދާ ފަރާތްތަކަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކޯޕަރޭޝަނުންގެ ހައްޖާޖީން ހައްޖަށް ގެންދާނީ މެގަމޯލްޑިވްސްގެ ޗާޓަރ ދެ ފްލައިޓެއްގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.


 
ހައްޖުކޯޕަރޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، އެ ކޯޕަރޭޝަނުން ފުރަތަމަ ފަހަރަށް ހައްޖަށް ގެންދާ ފަރާތްތައް ގެންދިޔުމަށް މެގަމޯލްޑިވްސް އިޚްތިޔާރު ކުރީ، އެކަމަށް ފުރުސަތު ހުޅުވާލުމުން އެންމެ ކުޑައަގެއް އެފަރާތުން ހުށަހަޅާފައިވާތީ ކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ، ހައްޖުވެރިންގެ މެޑިކަލް ހެއްދުމާއި އެހެނިހެން އިންތިޒާމުތަށް ހަމަޖެއްސުމަށްޓަކައި މެޑިކަލްކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.


 
 


ހައްޖު ކޯޕަރޭޝަނުން މިފަހަރު ހަތަރުސަތޭކަ ފަރާތެއް ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.