ޚަބަރު

ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ


އައްޑޫސިޓީ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މި މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައިކަމަށެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސ.ހިތަދޫ ނޫ މުގުމާގެ، މުޙައްމަދު ރަޝްމު ރިޔާޒް (29އ)އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި 3 މީހަކަށް ފަރުވާދީފައިވާކަމަށާ ނަމަވެސް މި 3 މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ މަޢުލޫމާތު ލިބުނީ އިރުއޮއްސި 18:44 ހާއިރު ކަމަށެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ލިންކްރޯޑާ ދިމާއިން ކުނި ކޮށި ސަރަހައްދުގައެވެ.