ޚަބަރު

ވިލުފުށްޓަށް އުރީދޫގެ ސުޕަރނެޓް ޚިދުމަތް ތަޢާރަފްކޮށްފި


ތ. ވިލުފުށްޓަށް އުރީދޫގެ ސުޕަރނެޓް ޚިދުމަތް ތަޢާރަފްކޮށްފިއެވެ. މިއާއެކު އެކުންފުނިން ވަނީ 30 އެމްބީޕީއެސް އާއި ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކެއްވެސް ތައާރަފްކޮށްފައެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އުރީދޫގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ވިލުފުށްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލިފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ، އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިގޮތުން، ވިލުފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުޞަތު އާއްމުންނަށް ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، އެކުންފުނިންވަނީ ސެޓަޕް ފީ، ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސްކޮށް ދައްކަންޖެހޭ މަހުފީ، އަދި ޚިދުމަތް އަލުން ގުޅާލަދިނުމުގެ ފީ ނުނަގާ ގޮތަށް ނިންމާފައެވެ.