ޚަބަރު

އާކްގެ ހީލް ކެމްޕެއިންގެ 3 ވަނަ ފޮތް ރަސްމީކޮށް އިފްތިތާހްކޮށްފި


"އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން"، އާކްގެ ހީލް ކެމްޕެއިންގެ ތިންވަނަ ފޮތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

އާކުން މިފަހަރު ނެރުނު ފޮތުގެ މައުޟޫއަކީ ކުޑަކުދިން ތައްޔާރީ ކާނާ ކެއުން މަދުކުރުމެވެ. މިފޮތް ނެރެދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރުއެވެ. މި ފޮތް ނެރުމަށް ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ކުޑަކުދިންގެ ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. 

img:http://s3.psmnews.mv/images/660x400/15001004966577.jpg|އާކްގެ ފޮތް ނެރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން . ފޮޓޯ: އާކް

އާކްގެ ހީލް ކެމްޕެއިން ފަށާފައިވަނީ ދެހާސް އެގާރަވަނަ އަހަރުއެވެ. މީގެ ކުރިން އާކުން ނެރުނު ދެ ފޮތަށް ވަނީ ޔޫރަޕްގެ ގޯމަންޑް އެވޯޑްސް ލިބިފައެވެ. އަދި ދެހާސް ފަނަރަ ވަނަ އަހަރު ގޯމާންޑް ވޯލްޑް އެވޯޑްސްއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތް ވަނީ ހިމެނިފައެވެ.