ޚަބަރު

ކަރަންޓު އަގު ހެޔޮކުރަން ނިންމައިފި


ތެލުގެ އިމްޕޯޓު ޑިއުޓީ %10 އިން %5 އަށް ކުޑަކުރުމާ ގުޅިގެން، ކަރަންޓް ބިލުތަކުން %10 އާއި %15 ދެމެދަށް އަގުހެޔޮކުރަން ނިންމައިފިއެވެ. 

މީގެ އިރުކޮޅެއެއްކުރިން އެންވަޔަރަމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތެލުގެ އިމްޕޯޓު ޑިއުޓީ ކުޑަވުމާގުޅިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުންއައި މިންވަރު ކުޑަވާނެކަން އިއުލާންކޮށްފައެވެ. އެއާއެކު ކަރަނަަޓް ބިލްތަކުން %10 އާއި %15 އާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮވާނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެެއެވެ. 

ތެލުގެ ޑިއުޓީ 10 ޕަސެންޓުން 5 ޕަސަންޓަށް ކުޑަކުރުމާ ގުޅިގެން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.

އެގޮތުން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 51 އެއްލާރި އަގުހެޔޮކޮށްފައެވެ. އަދި ޕެޓްރޯލް ލީޓަރަކުން ވަނީ 31 ލާރި އަގު ހެޔޮކޮށްފައެވެ.

8.95 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރުގެ އަގު މިހާރު 8.45 ލާރިއަށް އެސްޓީއޯއިން ވަނީ އަގު ހެޔޮކޮށްފައެވެ. އަދި 8.95 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު 8.65 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. 

މިބަދަލު އައީ ރައްޔިތުންގެ މަޖިލީހުން، އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނެސް ތެލުން ނަގާ ޑިއުޓީ %10 އިން %5 އަށް ކުޑަ ކުރުމަށް ފާސްކޮށްއެވެ.