ޚަބަރު

"އިންޓަރނެޓަށް ކުރިމަތިވި މައްސަލަ ދަނީ ހައްލުކުރަމުން"


އުރީދޫގެ އިންޓަރނެޓް ޚިދުމަތަށް ދިމާވެފައިވާ މައްސަލަ، ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫއިން ބުނީ، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދު އަޅާފައިވާ ކޭބަލަށް ދިމާވި މައްސަލައެއްގެ ސަބަބުން، އުރީދޫގެ އިންޓަނެޓްގެ ޚިދުމަތްތައް ބޭނުންކުރެއްވުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށެވެ. 

މިމައްސަލަ ހައްލުކުރުމުގެ ގޮތުން، އުރީދޫގެ އިންޓަނެޓް ޓްރެފިކް އެހެން ރޫޓްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް އުރީދޫން ބުނެއެވެ.