ޚަބަރު

ޤަތަރާ ގުޅުން ކަނޑާލުމުން ރާބިޠާއިން އެކަމަށް ތާއީދުކޮށްފި


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފައުންޑަރ މެމްބަރެއް ކަމުގައި ހުންނަވާ ރާބިޠަޠުލް ޢާލަމުލް އިސްލާމީއިން، އިސްލާމީ ބައެއް ޤައުމުތަކުން ޤަތަރާއެކު ގުޅުން ކަނޑާލުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދަނީ 1980 ގެ އަހަރުތަކުން ފެށިގެން ކޮންމެ އަހަރަކުހެން ރާބިޠަޠުލް ޢާލަމުލް އިސްލާމީ ނުވަތަ މުސްލިމް ވަރޑް ލީގްގެ ފައުންޑަރކަމުގެ މަޤާމު ފުރުއްވަމުންނެވެ. އަދި މި ޖަމާޢަތުގެ އަހަރީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.