ޚަބަރު

ޤާސިމްގެ ބަންދުގެ މުއްދަތު 4 ދުވަހަށް އިތުރުކޮށްފި


ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު 4 ދުވަހަށް އިތުރުކޮށްދެއްވައިފިއެވެ. 

އެންމެފަހުން ޤާސިމްގެ ބަންދަށް އިތުރުކުރި މުއްދަތު ހަމަވާތީ، އޭނާ އިތުރަށް ބަންދުކޮށްފައި ބެހެއްޓުމާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި މުއްދަތު މަޖިލިހުގައި ނިންމެވީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޤާސިމް އިތުރު 4 ދުވަހު ބެހެއްޓުމަށެވެ.