ޚަބަރު

ފުލުހުން ތަހްޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 2މީހަކު ހޯދަނީ


ފުލުހުން ތަހްޤީގު ކުރައްވަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަންފަށައިފިއެވެ.



ފުލުހުން ހާމަ ކުރައްވާފައިވާގޮތުގައި މަތީގައިވާ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަހުޤީޤު ކުރައްވަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ.

މި ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3321111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.