ޚަބަރު

މަރުވެފައި ތިއްބާ ފެނުނު ދެމަފިރިން ވަޅުލައިފި


އިއްޔެ މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ދެމަފިރިން މިއަދު މެންދުރު ނަމާދަށްފަހު ވަޅުލައިފިއެވެ.

ތ. ވިލުފުށީ އަސުރުމާގޭ އުމުރުން 48 އަހަރުގެ ޝާހިދާއި އޭނާގެ އަންހެނުން ވިލިފުށީ ފޭރު އުމުރުން 42 އަހަރުގެ ރަޒީނާ އިބްރާހިމްގެ ޖަނާޒާ އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ.

މި ދެމީހުން މަރުވެފައި ތިއްވާ ފެނުނީ އިއްޔެ ރޭ ނިދަން ވަންގޮތަށް ޚަބަރެއް ނުވެގެން ބެލުމުންނެވެ.

އެ ދެމަރިން މަރުވެފައި ތިބިއިރު ބޭރު ފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް މި މައްސަލަ އަދިވެސް ތަޚްޤީޤް ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދެމަފިރިންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.