ޚަބަރު

މަރުވެފައި ތިއްބާ ފެނުނު ދެމީހުންގެ ހަށިގަނޑުގެ ޓެސްޓު ހަދަނީ


މިއަދު މެންދުރު މާފަންނު ލައިޓް ސިގްނަލްގެއިން މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް ތަހްޤީޤަށް ބޭނުންވާ ޓެސްޓްތައް ހަދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ލައިޓް ސިގްނަލްގޭގެ ކޮޓަރިއެއްގައި ތިބި ދެމަފިރިންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ މެންދުރެއްހާއިރުއެވެ. މަރުވެފައި ތިއްބާ ފެނުނީ، 50 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމީހުންނާގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. މި ހާދިސާ އިތުރަށް ތަޙުޤީޤް ކުރެއްވުމަށް އެ ދެމަފިރިންގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައި ކަމަށް މަޢުލޫމާތުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، އެދެމަފިރިން ރޭ ކޮޓަރިއަށް ވަތް ގޮތަށް ޚަބަރެއްވެފައި ނުވާތީ ޢާއިލާގެ ފަރާތުންނެވެ. މިހާތަނަށް އެނގިފައިވާގޮތުން މިދެމީހުންގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައެއްނުވެއެވެ.