ޚަބަރު

"60 އަހަރު ތެރޭގައި ރާއްޖެ-ޕާކިސްތާނު ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި"


  • ޕާކިސްތަނަކީ ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ކިޔަވަމުންދާ ޤައުމެއް

  • އިންސާނުން ބިނާކުރުމުގެ ދާއިރާއިން ގިނަ އެހީތަކެއް

ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި ޕާކިސްތާނަކީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް އެޤައުމަށް ދަނީ ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މިދަތުރުފުޅާއި ގުޅޭގޮތުން ޕީއެސްއެމްގެ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ހަމީދު ވަނީ ޕާކިސްތާނާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރިގެން ދިޔައިރު، ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަ ގުޅުމެއްގެ މައްޗަށްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ ސިއްޚީ ދައިރާ އަދި ތަޢުލީމީ ދައިރާއިން ހަރުދަނާ ގުޅުންތަކެއް ދެޤައުމުގެ ދެމެގައި އޮތްކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ސްކޮލާޝިޕް ސްލޮޓްތަކެއް ރާއްޖެއަށް ކަނޑައަޅާފައިވެއެވެ.

"އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިވެދޭ. އޭގެ ތެރޭގައި ޚާރިޖިއްޔާގެ ބޭފުޅުން ތަމްރީނު ކުރުމުގައި، ސިއްޚީ ދައިރާ ހިމެނޭ، ވޭތުވެ ދިޔަތާ ޕާކިސްތާނުގައި ޑޮކްޓަރުންވެސް ކިޔަވާފައިވޭ. މިހާރުވެސް ޕާކިސްތާނުގައި އެބަތިބި އަޅުގަނޑުމެންގެ ކިޔަވާކުދިން. ވޭތުވެ ދިޔަ ތަނުގައިވެސް އެކި ދައިރާތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޕާކީސްތާނު ސާރުކާރުން ވޭތުވެދިޔަ ދިގު ތާރީޚުގައި ރާއްޖެއަށް ވެފައިވާ އެހީތަކުގެ ތެރޭގައި ދީނީ ރޮނގުންވެސް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާފައެވެ. ޚަރިޖީ ވުޒާރާއިން ވަނީ މި ދާއިރާތަކުން ވެދެއްވާފައިވާ އެހީތެރިކަމުގައި ރާއްޖޭގައި މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. މީގެ އިތުރުން މިމުއްދަތުގައި ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ އެކި އެއްބަސްވުންތަކަށް މިހާރުވެސް ޢަމަލުކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.