މަގުމަތީގެ އެކްސިޑެންޓުތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް "ސްމާޓް ޑްރޯ"ގެ ނަމުގައި ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ، ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، "ސްމާޓް ޑްރޯ"އަކީ، އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗުތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެއް ކަމަށެވެ.
މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
— Maldives Police (@PoliceMv) October 11, 2026
⭕ އިތުރު ތަފުސީލު: https://t.co/miUTG9dBSL https://t.co/iLVVcuZHa6
ފުލުހުން ވިދާޅުވީ، މިއީ މަގުމަތީގެ އެކްސިޑެންޓު ތަޙުޤީޤުކުރުމުގެ މަރުހަލާތައް ޒަމާނީ ކުރުމަށާއި، ތަޙުޤީޤީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ހެކި ޑޮކިއުމެންޓުކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓުތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާނެ ކަމަށެވެ. އަދި އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް މަގުބައްތިތައް އަދި ތަޙުޤީޤަށް ބޭނުންވާ މުހިންމު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް މި ސޮފްޓްވެއަރގައި ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށް ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖުތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތުވެސް މި ސޮފްޓްވެއަރއިން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭ ޕޮލިސިންގގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކި ޕްރޮގްރާމުތައް ކުރިއަށްގެންދާއިރު، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.