17 ވަނަ ގައުމީ ދިގު ފެތުމުގެ މުބާރާތް ފަށައިފި
އެވެ. މި ފަހަރުގެ މުބާރާތް ވެސް ކުރިއަށް ދާނީ ކުޑަގިރީގައެވެ.
އޯލެވެލް އަދި އޭ ލެވެލް ޓެސްޓު ކުރިއަށްދާތީ މި ފަހަރުގެ މުބާރާތުގައި ބައިވެރިވި އެތުލީޓުންގެ އަދަދު ކުރިއަށްވުރެ މަދެވެ.
މޯލްޑިވްސް އެކުއެޓިކްސް އިން ބުނީ މި ފަހަރުގެ މުބާރާތުގައި ވެސް ހަ ކެޓަގަރީއެއް ހިމެނިފައިވާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ހިމެނިފައިވާ ކެޓަގަރީތަކަކީ ފަސް ކިލޯމީޓަރު، 3 ކިލޯމީޓަރު، 1 ކިލޯ މީޓަރު، 500 މީޓަރު، ހަތަރު ކިލޯ މީޓަރު ރިލޭ، އީއޭޑީ 250 މީޓަރެވެ.
މޯލްޑިވްސް އެކުއެޓިކްސް އިން ބުނީ މި މުބާރާތަކީ އަބަދުވެސް ރާއްޖޭގެ ފެތުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ބޭއްވެނީ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަން މޯލްޑިވްސް އެކުއެޓިކްސް އިން ފާހަގަ ކުރިއެވެ.
ރާއްޖޭގައި ދިގު ފެތުމުގެ ގިނަ މުބާރާތްތަކެއް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ބާއްވަމުންނެވެ. މީގެ ކުރިން ދިގު ފެތުމުގެ މުބާރާތް މޯލްޑިވްސް އެކުއޭޓިކްސް އިން ބާއްވަމުން އަންނަނީ މާލެ ރަސްފަންނު ބޭރުގައެވެ.