ޚަބަރު

ސިޓީއަށް އިތުބާރު އޮތްކަމަށް ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުނެފި


  • ޕްރިމިއަރ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނާ 115 މައްސަލައިގައި ސިޓީ ވަނީ ކުއްވިރިވެފައި

  • 115 މައްސަލައިގެތެރެއިން 114 މައްސަލައިގައި ސިޓީ ކުއްވެރިވާކަމަށް ވަނީ ކޯޓުން ނިންމާފައި

މެންޗެސްޓަރ ސިޓީއިން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނާ ބުނުމަށް އަބަދުވެސް އިތުބާރުކުރާ ކަމަށް ސިޓީގެ ކުރީގެ މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ.

ރޮޑްރީ ބުނީ، ކޮންމެ ގޮތަކަށް ކަންތައްވިޔަސް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، އޭނާއަށް ވަރަށް ރަނގަޅަށް ކުލަބު އިނގޭކަމަށާއި ކުލަބަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ. އަދި ކުލަބުން ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމުގެ ޔަގީންކަން އެފަރާތުން އަބަދުވެސް ދެމުންދާ ކަންވެސް ރޮޑްރީ ވަނީ ފާހަގަކޮށްފައެވެ.

ޕްރިމިއަރ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނާ 115 މައްސަލައިގެ ތެރެއިން އެއް މައްސަލަ ފިޔަވައި ހުރިހާ މައްސަލައެއްގައި މެންޗެސްޓަރ ސިޓީ ކުށްވެރިވާ ކަމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ސްޕެއިންގެ މިޑްފީލްޑަރު ވަނީ އޭނާގެ ކުރީގެ ކުލަބަށް އޮތް އިތުބާރު ދަމަހައްޓާފައެވެ.

މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ރޮޑްރީ ބުނީ، ކުލަބުން ގޯހެއް ހަދާފައިވާކަން ސާބިތުވަންދެން އެ ކްލަބަށް ކުރާ އިތުބާރު ދަމަހައްޓާނެ ކަމަށާއި، އެ ކްލަބުގައި މަސައްކަތްކުރި ދުވަސްވަރު އެތަނުގެ ކަންކަން ހިނގާ މަގާއި އެއްބާރުލުންދޭ ގޮތް އޭނާއަށް އެނގޭ ކަމަށެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން 2020 ވަނަ އަހަރު ވަނީ، 2012 އާއި 2016 އާ ދެމެދު ސްޕޮންސަރޝިޕް އާމްދަނީ އޮޅުވާލާފައިވާ ކަމަށް ބުނެ، ދެ އަހަރު ދުވަހަށް ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފައެވެ.

ނަމަވެސް، ސިޓީން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ވަނީ އެ ސަސްޕެންޝަން ބާތިލްކޮށްފައެވެ.

ޝެއިޚް މަންސޫރުގެ އަބޫދާބީ ޔުނައިޓެޑް ގްރޫޕުން 2008 ވަނަ އަހަރު އެ ސިޓީ ގަތް ފަހުން، މެންޗެސްޓަރ ސިޓީން ވަނީ ޕްރިމިއަރ ލީގުގެ 8 ފަހަރު، 1 ޗެމްޕިއަންސް ލީގު، 4 އެފް.އޭ ކަޕް އަދި 7 ލީގު ކަޕް ކާމިޔާބުކޮށްފައެވެ.