ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބެފުޅު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ


  • އީދްރުސް އިބްރާހީމް އަވާހަރަވީ އުމުރުފުޅުން 83 އަހަރުގައި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވާހަރަވީ އުމުރުފުޅުން 83 އަހަރުގައެވެ. އަވާހަރަވެފައިވަނީ ބުރާސްފަތި ދުވަހު ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.