ޚަބަރު

ފެރިދޫން އުފުލި ތަކުލީފަށް، ޒުވާން ޚަތީބުންނާއެކު ފަޚުރުވެރި ހައްލެއް!

  • ދާއިމީ އިމާމުން ނެތް 65 ރަށް ހިމެނޭ

  • އިމާމުން ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ

ރާއްޖޭގައި އިސްލާމީ މަރުކަޒުތަކުގެ އިތުރުން، 800އަށްވުރެ ގިނަ މިސްކިތް އެބަހުއްޓެވެ. އެ މިސްކިތްތައް ބަލަހައްޓައި، އާބާތުރަ ފިލުވުމުގެ އިތުރުން، އެ މިސްކިތްތަކުގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައްވެސް މުހިންމެވެ. މިސްކިތްތަކުގައި ބަންގި ގޮވާ، އިމާމުވެ ނަމާދުކުރާނެ ބަޔަކު ނެތި، މިސްކިތްތަކުން އާއްމުންނަށް ޚިދުމަތްދިނުމަކީ ކުރެވޭނެކަމެއް ނޫނެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި އިމާމުން ލިބުން ދަތިވެ، މިސްކިތުގައި މެދުނުކެނޑި ބަންގި ނުގޮވިދާނެކަމުގެ ބިރު ހީވާ ހިސާބަށް، އިމާމުން ނުލިބުމުގެ މައްސަލަ ދިޔައެވެ. މިފަދަ އެއް މިސާލަކީ އއ.ފެރިދޫއެވެ. ގާތްގަނޑަކަށް 500އެއްހާ މީހުން ދިރިއުޅެމުން އަންނަ އެރަށުގެ މިސްކިތުގައި އިމާމުވެ ނަމާދުކުރާނެ މީހުން ނުލިބުމަކީ މުޅި ރަށަށް ކުރިމަތިވި މާޔޫސްކަމެކެވެ. އެއީ އެތައް ދުވަހެއް ވަންދެން ފެރިދޫން އުފުލަމުން އައި ހިމޭން ތަކުލީފެކެވެ.

ފެރިދޫގައި ހުކުރު ނަމާދުކުރަން ޖެހެނީ ރަށުން ބޭރުން މީހުން ގެނެސްގެންނެވެ. ވިއްސާރަ މޫސުމުގައި، ކަނޑުގަދަވާ ހާލަތުގައި، ރަށުގައި ހުކުރު ކުރަން އިމާމަކު ބަލާދިއުން ނޫންގޮތެއް ރައްޔިތުންނަށް އޭރަކު ނޯވެއެވެ. ރަށުގައި ލޮތްބާއެކު އިމާމުވެ ނަމާދުކުރި މީހުން އެ މަސައްކަތް އެހެން ބަޔަކަށް ދަސްކޮށްދޭން ކުރި މަސައްކަތްވެސް ކުރިއަރާގޮތް ނުވުމުން، ފެރިދޫ އޮތީ މިކަމުގައި މާޔޫސްވާ ހިސާބުގައެވެ. ފެރިދޫގައި އިމާމުވެ ކުރިން ނަމާދުކުރެއްވި ބޭފުޅަކު ވިދާޅުވީ، އެ ޢިލްމު ޒުވާނުންނަށް އުނގަންނައިދެވިފައި ނުވުމަކީ ހިތާމަކުރައްވާކަމެއްކަމަށެވެ.

"އަޅުގަނޑުވެސް ލަދުގަނޭ އަޅުގަނޑުގެ ރަށަށް އެހެންވީމަ. މިއީ އަޅުގަނޑުގެ ދުޢާއެއް އަޅުގަނޑުގެ ދަރިންނަށް މި ޢިލްމު އުނގަންނައިދިނުމަށް. މިއި އަޅުގަނޑު ދިރިއުޅޭ ރަށް. މިތާ މިތިބީ އަޅުގަނޑުގެ ލޮބުވެތި ރައްޔިތުން." ފެރިދޫގައި ކުދިން އިމާމުކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

ފެރިދޫގެ މި މާޔޫސްކަމަށް ހައްލު ހޯދައިދިނީ އަދުގެ ސަރުކާރުގެ "ޒުވާން ޚަތީބުން ޕްރޮގްރާމް"ގެ ތެރެއިންނެވެ. ރަށުގެ 4 ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވުމަކީ އެރަށަށް ލިބުނު އުއްމީދެކެވެ. އެ ޕްރޮގްރާމްގެ ޒަރީއާއިން ރަށުގައި އިމާމުވެ ނަމާދުކުރާނެ ޒުވާނުން ރަނގަޅު ފެންވަރަށް ތަމްރީނުވުން ވެގެންދިޔައީ މުޅި ރަށަށް ލިބުނު ތަސައްލީއަކަށެވެ.

މިހާރު ފެރިދޫގައި އިމާމުވެ ނަމާދުކުރާނެ މީހުން ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ވަނީ ލިބިފައެވެ. ރަށުގެ ޒުވާން ޚަތީބުން އިމާމުވެ ނަމާދުކުރުމާއި، ހުކުރު ޚުތުބާކިޔާ މަންޒަރުފެނުމަކީ އެ ޒުވާނުންގެ މައިންބަފައިންނާއި، މުޅި ފެރިދޫގެ މުޖުތަމަޢު އެކަމަކާމެދު ފަޚުރުވެރިވާ ކަމެކެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމް ފުރިހަމަކުރި ފެރިދޫގެ ޒުވާނަކު ބުނީ އޭނާގެ އުއްމީދަކީ އެ ރަށަށް އިމާމުން ނުލިބުމުގެ މައްސަލައާއި ދެން ކުރިމަތިލާން ނުޖެހުންކަމަށެވެ. އަދި އަމިއްލަ ރަށުގައި އިމާމުވާން ފުރުސަތުލިބުމަކީ އުފަލެއްކަމަށް އެ ޒުވާނާ ފާހަގަކުރިއެވެ. އެ ޕްރޮގްރާމްގެ އިތުރު ބައިވެރިއަކު ބުނީ، ޒުވާން ޚަތީބުންގެ ޕްރޮގްރާމް ފުރިހަމަކޮ، އިމާމުވެ ޖަމާޢަތުގައި ނަމާދުކުރުމަކީ އޭނާއަށް ލިބޭ ޝަރަފެއްކަމަށެވެ.

"ކޮންމެ ދުވަހަކު އިމާމުވެ ޖަމާޢަތުގައި ނަމާދުކުރުން. ވަރަށް ކުރާ ހިތްވާ ކަމެއް މިއީ." ޒުވާން ޚަތީބުންގެ ޕްރޮގްރާމްގެ ބައިވެރިއަކު ވަނީ ބުނެފައެވެ.

އިމާމުން ނުލިބުމުގެ މައްސަލައަކީ ހަމައެކަނި ފެރިދޫއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ދާއިމީ އިމާމުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަމަށެވެ. މުދިމުން ނުލިބުމަކީ އެއީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއްކަމަށް ސިފަކުރައްވާ ވަޒީރު ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުގެންނަވަމުންދާކަމަށެވެ. އެގޮތުން އައު މުޤައްރަރުތަކާއި، ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައިގެން އިމާމުން ނެރުމަށް މަސައްކަތްކުރައްވާނެކަމށް ވަޒީރު ވިދާޅުވިއެވެ.

"ނެތީ އިމާމުކަން ކޮށްދޭނެ މީހެއް ދިވެހި މުޖުތަމަޢުގައި. ކިހާބޮޑު ގެއްލުމެއް ދިވެހި މުޖުތަމަޢުއަށް ވެގެންދާނެ މި މުޖުތަމަޢުއަށް މިކަން ދޫވެފައި އޮވެއްޖެކަމުގައި ވާނަމަ. ހަމައެކަނި ނަމާދުކުރަން އަރާ ޖަމާޢަތުގެ އަހުލުވެރިންނެއް ނޫން ތިބެން މިޖެހެނީ މިސްކިތްތަކުގައި. އިމާމުން ތިބެންޖެހޭ. އެތަންތަން ލީޑު ކުރާނެ މީހުން ތިބެންޖެހޭ." އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ތަކުރާރުކޮށް އިޢުލާންކޮށްގެންވެސް އިމާމުން ނުލިބިވާ 65 މިސްކިތް ރާއްޖޭގައި މިވަގުތުވެސް އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު އެކި މަރުހަލާތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ބެލުމުގެ ދަށުން 100އަށް ވުރެ ގިނަ ޕްރޮޖެކްޓް ކުރިއަށްދާއިރު، އޭގެތެރޭގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނެއެވެ. އެހެންކަމުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި މިސްކިތްތައް އިތުރުވާނެކަމަށް ބެލެވޭއިރު، އިމާމުން ހޯދުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ސަރުކާރުން ޤަބޫލުކުރައްވައެވެ. ޚާއްސަަކޮށް މިހާރު ޤާއިމްކުރަމުންދާ މިސްކިތްތައް ނިމޭއިރު އެތަންތަނަށް ބޭނުންވާ އިމާމުން ތިބުން މުހިންމުކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުގެ އުއްމީދަކީ ޒުވާން ޚަތީބުންގެ ޕްރޮގްރާމް މެދުވެރިކޮށް، ދިވެހި ޒުވާނުންގެ ހިތުގައި ދީނަށް އޮތް ލޯބި އާލާކުރުމެވެ. އަދި އިމާމުވެ ނަމާދުކުރުމަށް ތައްޔާރު ޒުވާން ޖީލެއް އުފެއްދުމެވެ. މިހާތަނަށް ޒުވާން ޚަތީބުންގެ ގޮތުގައި 700އަށްވުރެ ގިނަ ޒުވާނުން ތަމްރީންވަމުންދިޔުމަކީ ހެޔޮ ފާލެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އެ މަގުން އިތުރު މަސައްކަތްތަކެއްކޮށް، ދީން ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެވެ.

އިމާމުން ނުލިބުމުގެ މައްސަލައަކީ ހަމައެކަނި ފެރިދޫއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ދާއިމީ އިމާމުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަމަށެވެ. މުދިމުން ނުލިބުމަކީ އެއީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއްކަމަށް ސިފަކުރައްވާ ވަޒީރު ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުގެންނަވަމުންދާކަމަށެވެ. އެގޮތުން އާ މުޤައްރަރުތަކާއި، ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައިގެން އިމާމުން ނެރުމަށް މަސައްކަތްކުރައްވާނެކަމށް ވަޒީރު ވިދާޅުވިއެވެ.