ޤަވާއިދާ ޚިލާފަށް ހިންގާ ކެފޭތަކަށް އަމާޒުކޮށްގެން ޚާއްޞަ ޓާސްކްފޯހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ޤަވާއިދާ ޚިލާފަށް އުޅޭ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 5 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ޓާސްކްފޯހުން ވަނީ، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 14 ބިދޭސީއަކު ޗެކްކޮށްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ޗެކްކުރި މީހުންގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 2 ބިދޭސީއަކު ވަނީ ފާހަގަވެފައެވެ. މި ދެ މީހުން މިހާރު ވަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
The Task Force conducted a raid yesterday targeting illegally operated cafés. A total of 14 expatriates were inspected across 5 locations, and 2 expatriates found to be working illegally were detained.@PoliceMv @HomeMinistrymv pic.twitter.com/gUGKD4xjiX
— Maldives Immigration (@ImmigrationMV) September 7, 2026
މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުސަދުގައެވެ. ސަރުކާރުން ނިންމަވާފައިވަނީ، ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ފާސްކުރުންތައް ކުރިއަށް ގެންދިއުމަށެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރާ މަސައްކަތުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއެވެ.