ޚަބަރު

ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާދެއްވައިފި


  • މަޤާމާ ހަވާލުވެވަޑައިގަތީ 2024ވަނަ އަހަރުގެ ޖޫން 13ގައި

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ. ޝިއުރީ އިސްތިއުފާދެއްވި ސަބަބެއް އަދި ހާމައެއްނުކުރައްވައެެވެ.

ޝިއުރީ އެ މަޤާމަށް އައްޔަނު ކުރެއްވީ، 2024ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

މަޤާމުގައި ހުންނަވާ ޝިއުރީ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެ މަޤާމާ ހަވާލުވުމުގެ ކުރިން ޝިއުރީ ވަނީ، ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މަސީގެ ބޯޑު މެމްބަރުކަން ކުރައްވާފައެވެ.

ޝިއުރީ ޑިގްރީ ހާސިލުކުރައްވާފައިވަނީ މާކެޓިންގެ ދާއިރާއިންނެވެ. އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިންވަނީ، މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައިވެއެވެ.