މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:27 ހާއިރުކަމަށެވެ.
މި ހާދިސާގައި އަނިޔާވި 4 ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުންނެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.