ޚަބަރު

މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް!


  • މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން

މާލެ މަސް މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިރޭގެ ވަގުތެއްގައި މާލޭގެ މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. ފުލުހުން މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ޙިއްސާކުރައްވާފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ތިން މީހުންގެ މެދުގައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި މާރާމާރީ ހިނގި ސަރަހައްދުން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.