އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމަށްފަހު، ސަޢުދީ އަރަބިއްޔާއިން ހުރްމުޒް ކަނޑުއޮޅި އެތެރޭގެ ބަނދަރުތަކުން އަލުން ތެޔޮ ބަރުކޮށް އެކްސްޕޯޓްކުރަން ފަށައިފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ސަޢުދީ އަރަބިއްޔާގެ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު، ސަޢުދީ އަރަބިއްޔާގެ އަރާމްކޯ ކުންފުނިން، ހުރްމުޒު ކަނޑުއޮޅި އެތެރޭގެ ބަނދަރުތަކުން، އަލުން ތެޔޮ ބޭރުކުރަން ފަށައިފިއެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ސަޢުދީން ވަނީ އޭޝިއާއަށް، އެކުވެރި ޢަރަބި ޢިމާރާތުގެ ފުޖައިރާ ސަރަޙައްދުން ތެޔޮ ބަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މިގޮތުން އަރަބް މީޑިއަމް އާއި އަރަބް ހެވީ ގްރޭޑުގެ ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.
އޮގަސްޓު 12 އިން 16 އަށް ސައުދީގެ ޖުއައިމާ އަދި ރައުސު ތަނޫރް ޓާމިނަލްތަކުން 2 މިލިއަން ފީފާގެ ތެޔޮ ބަރުކޮށްގެން ތެޔޮ އުފުލާ 3 ބޮޑު ކެރިއަރު (މެލޭޝިއާ ޕްރޮސްޕެރިޓީ، އަލްޖީރިއާ ޕްރޮސްޕެރިޓީ އަދި ސިންގަޕޯރ ޕްރޮސްޕެރިޓީ) އިން ކުރެ ކޮންމެ އުޅަނދަކަށް 2 މިލިއަން ފީފާގެ ތެޔޮ ވަނީ ބަރުކޮށްފައެވެ. މިއީ އެ ބަނދަރުތަކުން ތެޔޮ ބަރުކުރުމުގައި 3 ހަފުތާގެ މެދުކެނޑުމެއް އައުމަށްފަހު، ތެޔޮ ބަރުކުރިކަން މަޢުލޫމާތުތަކުން ދެއްކި ފުރަތަމަ ފަހަރެވެ. އަދި ވަގުތީ މަޢުލޫމާތުތަކަށް ބަލާއިރު، މި މަހުގެ ފަހުކޮޅު ހުރްމުޒު ކަނޑުއޮޅި އެތެރެއިން އިތުރު 6 އުޅަނދެއްގައި ސައުދީ ތެޔޮ ބަރުކުރުމުގެ ފުރުޞަތު އެބައޮތެވެ.
ނަމަވެސް، ޔަމަންގެ ހޫޘީން ރަތްކަނޑުގައި ދެމުންދާ ޙަމަލާތަކާ ގުޅިގެން، ސަޢުދީގެ ގިނަ ބަނދަރުތަކުން ބޭރުކުރާ ތެލުގެ މިންވަރަށް ވަނީ ބޮޑު ހުރަސްތަކެށް ކުރިމަތިވެފައެވެ.
މަޢުލޫމާތުތައް ދައްކާ ގޮތުން މި މަހު ސިދީ ކްރީރު ބަނދަރުން އޭޝިއާއަށް ބަރުކުރާނެ ކަމަށް ބެލެވެނީ ދުވާލަކު 670،000 ފީފާގެ ތެލެވެ. މިއީ ވޭތުވެދިޔަ 3 މަހު ސިދީ ކްރީރުން އޭޝިއާއަށް އެއްވެސް މިންވަރަކަށް ތެޔޮ ބަރުކޮށްފައި ނުވާތީ އައި ބަދަލެކެވެ. ހަކަތައިގެ ދާއިރާގެ މާހިރެއް ކަމައްވާ، އެމާ ލީ ފާހަގަކުރެއްވި ގޮތުގައި، ދަތުރުގެ ދިގުމިނާއި ޚަރަދު ބޮޑުވުމުގެ ސަބަބުން ޚާއްޞަކޮށް ޗައިނާގެ ކަސްޓަމަރުން ހިތްހަމަނުޖެހޭތީ، ސިދީ ކްރީރު މަގުން އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރެއެވެ.